މިއަދަކީ ދިވެހިރާއްޖޭގެ ވަރަށް ބޮޑު ބަޔަކަށް ސުނާމީއެއް އަރައި، ބައެއް ރަށްތައް އެކީ ސުންނާފަތިކޮށްލައި، 108 މީހުން މަރުވި ހާދިސާއަށް 17 އަހަރު ފުރޭ ދުވަހެވެ.
އިންޑޮނީޝިއާގެ ސުމަޓްރާއަށް އައި ވަރުގަދަ ބިންހެލުމާއެކު އުފެދުނު ސުނާމީގައި 82 މީހުން މަރުވުމުގެ އިތުރުން 26 މީހަކު ވަނީ ގެއްލިފަ އެވެ. އެހެންކަމުން ސުނާމީގައި ގެއްލުނު ފުރާނައިގެ އަދަދު 106 އަރަ އެވެ.
އެ ސުނާމީގައި ޖުމްލަ 230،000 އަށްވުރެ ގިނަ މީހުން މަރުވި އެވެ. އެންމެ ގިނައިން މަރުވީ ސުނާމީ އެންމެ ފުރަތަމަ އެރި އިންޑޮނީޝިއާގެ ބަންޑާ އަޗޭއިންނެވެ. އެ ރަށުން 100،000 އަށް ވުރެ ގިނަ މީހުން މަރުވި އެވެ. ސްރީ ލަންކާއިން 35،000 މީހުން މަރުވި އެވެ.
ސުނާމީގައި މަރުވި މީހުންގެ އަދަދު:
- އިންޑޮނީޝިއާ – 167،540
-
- ސްރީ ލަންކާ – 35،322
- އިންޑިއާ – 16،269
- ތައިލެންޑް – 8212
- ސޯމާލިއާ – 289
- ދިވެހިރާއްޖެ – 106
- މެލޭޝިޔާ – 75
- މިޔަންމާ – 61
- ޓެންޒޭނިއާ – 13
- ބަންގްލަދޭޝް – 2
- ސިޝެލްސް – 2
- ސައުތު އެފްރިކާ – 2
- ޔެމެން – 2
- ކެންޔާ – 1
ސުނާމީއާއެކު ރަށެއް ފެނު އަޑީގައި: ލިބުނު ގެއްލުން 470 މިލިއަން ޑޮލަރަށް އެރި — ފޮޓޯ: އެންޑީއެމްއޭ
ދިވެހިރާއްޖެއަށް ސުނާމީގެ އަސަރު 15 މިނެޓު ވަންދެން ކުރި އެވެ. އެކަމަކު އޭގެ އަސަރު އެއްވެސް ވަރަކަށް ނުކުރީ އެންމެ ނުވަ ރަށަކަށެވެ. ރާއްޖޭގެ ރަށްތަކުގެ ތެރެއިން 10 ޕަސެންޓު ރަށްތައް ދިރިނޫޅެވޭނެ މިންވަރަށް ހަލާކުވި އެވެ. ރިސޯޓު ހިމެނޭ ގޮތަށް ރާއްޖޭގެ 31 ރަށަކުން މީހުން މަރުވި އެވެ. އެންމެ ގިނައިން މީހުން މަރުވީ ވިލުފުށިންނެވެ. އަދި 1300 މީހުންނަށް އެކިވަރުގެ އަނިޔާވި އެވެ.
ސުނާމީގައި ރަށްރަށުން މީހުން މަރުވި އަދަދު:
-
- ތ. ވިލުފުށި – 18
- މ. ކޮޅުފުށި – 16
- ދ. ގެމެންދޫ – 8
- ލ. މުންޑޫ – 7
- މ. މަޑުއްވަރީން – 6
- ލ. އިސްދޫކަލައިދޫ – 6
- މ. މުލި – 6
- ލ. ފޮނަދޫ – 4
- ކ. ގުރައިދޫ – 4
- ރ. ކަނދޮޅުދޫ – 3
- ލ. ކަޅައިދޫ – 3
- ލ. މާބައިދޫ – 3
- ދ. ރިނބުދޫ – 2
- ލ. ދަނބިދޫ – 2
- މ. މަޑިފުށި – 2
- ގދ. ވާދޫ – 2
- ވެލާވަރު ރިސޯޓް – 2
- ހދ. ނާވައިދޫ – 1
- ށ. ކޮމަންޑޫ – 1
- ކ. ގުޅި – 1
- އދ. ވައިޓް ސޭންޑް – 1
- ވ. ތިނަދޫ – 1
- މ. ދިއްގަރު – 1
- މ. ނާލާފުށި – 1
- މ. މުލަށް – 1
- ހަކުރާ ކުލަބް – 1
- ދ. ވާނީ – 1
- ތ. މަޑިފުށި – 1
- ގއ. ދާންދޫ – 1
- ގއ. ވިލިނގިލި – 1
- ފުވައްމުލައް – 1
ސުނާމީ އެރުމުން މާފުއްޓަށް ލިބުނު ގެއްލުން: ރާއްޖޭގެ 15 ޕަސެންޓު ރަށް ފެނަށް ޖެހުން — ފޮޓޯ: އެންޑީއެމްއޭ
ދިވެހިރާއްޖެއަށް ސުނާމީ އެރުމުގެ ސަބަބުން 14 ރަށަކުން މީހުން ބޭލި އެވެ. ގާތްގަނޑަކަށް 12،000 މީހުންގެ ގެދޮރު ގެއްލުނެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ 15 ޕަސެންޓު ރަށުން ފެނަށް ޖެހުނެވެ. އަދި 25 ޕަސެންޓު ރަށްތަކުގެ އިންފްރާސްޓްރަކްޗާއަށް ވަރަށް ބޮޑެތި ގެއްލުންތައްވި އެވެ.
ސުނާމީގެ އަސަރު ވަރަށް ބޮޑަށް ކުރި ރަށްތަކުގެ ތެރޭގައި ރ. ކަނދޮޅުދޫ އާއި ތ. ވިލުފުށި ހިމެނެ އެވެ. ކަނދޮޅުދުއަކީ އެ ދުވަހުން ފެށިގެން ފަޅު ރަށެކެވެ. އެ ރަށު މީހުން މިހާރު ވަޒަންވެރިވެގެން އުޅެނީ ދުވާފަރުގަ އެވެ. އޭގެ އިތުރުން ވ. އަތޮޅުގެ ބައެއް ރަށްތަކަށް ވެސް ވަރަށް ބޮޑަށް ސުނާމީ އެރި އެވެ. ވެރި ރަށް މާލެއަށް ވެސް ފުދޭވަރަކަށް އޭގެ އަސަރު ކުރި އެވެ.
ސުނާމީ އެރިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެެއިރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައިފަ އެވެ. އަދި ސުނާމީގެ ގެއްލުންތަކަށް އަވަހަށް އެެޓެންޑުވުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު ސެންޓަރު ހުޅުވި އެވެ.
ސުނާމީއާއެކު ދިވެހިރާއްޖޭގެ ޓުއަރިޒަމް އެއްކޮށް ހުއްޓުމަކަށް ދިޔަ އެވެ. ރާއްޖެއަށް ގާތްގަނޑަކަށް 470 މިލިއަން ޑޮލަރުގެ ގެއްލުންވިކަން ކަމަށް ބައެއް ރިޕޯޓުތަކުން ބުނެ އެވެ.
Content retrieved from: https://adhadhu.com/article/19694.
ފޯއްމުލަކު ން އެންމެ މީހަކުވެސް މަރެއް ނުވޭ ކަނޑައެޅިގެން ދޮގެއް ފޯއްމުލަކަށް ސުނާމީ ނުވެސް އަރާ އެރި ރަށް ތަކުން ނުންތޯ މަރުވާނީ
ތަރި ވިލެޖް ރިސޯޓު ހަދަން މަސައްކަތް ކުރަމުން ދިޔަ ފުވައްމުލަކު ޒުވާނެއް ސުނާމީގަ މަރުވި. އޭނާ މަރުވީ ބޮޑު އެސިލޯން ހޮޅިތަކެއްގެ ތެރޭ ތާށިވެގެން