North Korean leader Kim Jong Un walks away from what state media report is a "new type" of intercontinental ballistic missile (ICBM) in this undated photo released on March 24, 2022 by North Korea's Korean Central News Agency (KCNA). KCNA via REUTERS ATTENTION EDITORS - THIS IMAGE WAS PROVIDED BY A THIRD PARTY. REUTERS IS UNABLE TO INDEPENDENTLY VERIFY THIS IMAGE. NO THIRD PARTY SALES. SOUTH KOREA OUT. NO COMMERCIAL OR EDITORIAL SALES IN SOUTH KOREA. TPX IMAGES OF THE DAY

އެމެރިކާގެ ކޮންމެ ސަރަހައްދަކަށް ވެސް ފޯރުމުގެ ގާބިލުކަން ލިބިފައިވާ ދިގު ރާސްތާ ބެލިސްޓިކް މިސައިލެއް އުތުރު ކޮރެއާއިން ލޯންޗުކޮށްފި އެވެ.

އުތުރު ކޮރެއާ އިން މި މިސައިލު ލޯންޗުކޮށްފައި ވަނީ މެދު ރާސްތާ މިސައިލެއް ލޯންޗު ކުރިތާ މަދު ގަޑީރުކޮޅެއް ތެރޭ އެވެ.

ދެކުނު ކޮރެއާގެ އަސްކަރިއްޔާއިން ހޯމަ ދުވަހު ބުނިގޮތުގައި، އުތުރު ކޮރެއާގެ ޕްޔޯންގްޔޭންގް ސަރަހައްދުން ލޯންޗު ކުރި މިސައިލު ވަނީ 1،000 ކިލޯމީޓަރު މަތިން އުދުހި، ސީ އޮފް ޖަޕާން އަށް ވެއްޓިފަ އެވެ.

މި މިސަައިލަކީ އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް (އައިސީބީއެމް) އެއްކަމަށާއި އެމެރިކާގެ ކޮންމެ ސަރަހައްދަކަށް ފޯރުމުގެ ގާބިލުކަން މި މިސައިލަށް ލިބިގެންވާ ކަމަށް ބެލެވޭ ކަމަށް ޖަޕާނުގެ ދިފާއީ ވުޒާރާ އިން ވަނީ ބުނެފަ އެވެ.

“މި ފަހަރު ލޯންޗު ކުރި އައިސީބީއެމް-ފެންވަރުގެ ބެލިސްޓިކް މިސައިލަކީ، އުދުހުނު ގޮތަށް ބަލާ ނަމަ، އަދި އޭގައި ހަރުކުރެވޭނެ ގޮވާ ތަކެއްޗަށް ބަލާ ނަމަ، 15،000 ކިލޯމީޓަރުގެ ރާސްތާއެއް ލިބިގެންވާ މިސަައިލެއް،” ޖަޕާނުގެ ޕާލިމަންޓަރީ ވައިސް މިނިސްޓާ އޮފް ޑިފެންސް ވިދާޅުވި އެވެ.

އުތުރު ކޮރެއާއިން ލޯންޗު ކުރި ކުރު ރާސްތާ މިސައިލު ވެއްޓިފައި ވަނީ ކޮރެއާ ޕެނިންސިއުލާ އާއި ޖަޕާނާ ދެމެދު އޮންނަ ކަނޑަށެވެ.

އުތުރު ކޮރެއާގެ މިސައިލް ލޯންޗުތަކާ ގުޅިގެން ގައުމީ ސަލާމަތީ ކައުންސިލުގެ ބައްދަލުވެއް އެޖެންޑާ ކުރެއްވި ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝީޑާ ވަނީ ޕްޔޯންގްޔޭންގްގެ އަމަލުތައް ކުށްވެރި ކުރައްވާ މިއީ “ކަނޑައެޅިގެން އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ ހިލާފު އަމަލެއް” ކަމަށާއި މީގެ ސަބަބުން “ސަރަހައްދީ ހަމަޖެހުމާއި ސަލާމަތައް ނުރައްކާވާ” ކަމަށް ވިދާޅުވެފަ އެވެ.

އުތުރު ކޮރެއާއިން މިއަހަރު ރެކޯޑު އަދަދަކަށް މިސައިލުތައް ލޯންޗުކޮށްފައި ވާއިރު، މިފަހަރުގެ މިސައިލު ލޯންޗުތައް އައިސްފައި މިވަނީ ދެކުނު ކޮރެއާ އާއި އެމެރިކާއިން ނިއުކްލިއާ ގާބިލުކަން ވަރުގަދަ ކުރުމަށް އެއްބަސްވެފައި ވަނިކޮށެވެ.

ހޯމަ ދުވަހު އުތުރު ކޮރެއާއިން ލޯންޗުކުރި އައިސީބީއެމް މިސައިލަކީ މިއަހަރު ޕްޔޯންގްޔޭންގުން ޓެސްޓު ކުރި އެފަދަ 5 ވަނަ މިސައިލެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *